ތިޔަކުރެއްވި ޒިޔާރަތަށް މަރުޙަބާ

Create website

ޙަޤީޤީ ތަރައްޤީ ބޭނުން ހެއްޔެވެ؟ އެހެންކަމުގައިވާ ނަމަ.....؟  

Tuesday, October 13, 2009


ބަލާލި ކޮންމެދިމާލަކުން ފެންނަމުންދަނީ އެއްޝިއާރުތަކެކެވެ. އިވެމުންދަނީ އެއްވާހަކަތަކެކެވެ. ދެމީހަކު އެއްވެއްޖެނަމަ ދެކެވެނީ އެއްވާހަކަތަކެކެވެ. އާދެ، ކޮންވާހަކަތަކެއްތޯއެވެ؟ ތަރައްޤީގެވާހަކައެވެ. ކުރިއެރުންތަކެއްގެވާހަކައެވެ. ތާހިރުދިރިއުޅުމެއްގެވާހަކައެވެ. އެފަދަ ދިރިއުޅުމެއްބޭނުންވާހަކައެވެ. ތަރައްޤީ އާއި ކުރިއެރުން ބޭނުންވާހަކައެވެ. މިވާހަކަތައް މިގޮތައްދެކެވެމުންދާއިރު ނުވަތަ އަޑުއިވެމުންދާއިރު މިވާހަކަތަކާއި މެދު ވިސްނަނީ ކިތައްމީހުންބާވައެވެ! ހަޤީގަތުގައިވެސް ތަރައްޤީ ބޭނުންވެގެން އުޅެނީކިތައްމީހުންބާވައެވެ! ނޫނީ މިއީ، މުނިފޫހިފިލުވާލަން ދެކެވޭ ވާހަކަތަކެއްބާވައެވެ! މީ ހައްތަހާވެސް ސުވާލުތަކެކެވެ. ޝައްކެއްނެތެވެ. ކަމެއްބޭނުންވާކަމުގައިވާނަމަ އެކަމެއްހޯދުމައް ގަދައަޅާ މަސައްކަތްކުރާނެއެވެ. އަމަލީ ގޮތުން ތިމާގެ ދިރިއުޅުމުން ނުވަތަ އެބައެއްގެ ދިރިއުޅުމުން އެކަމެއްފެންނާނެއެވެ. އެހެންނޫނީ އެކަމެއްހާސިލެއްނުވާނެއެވެ. އާދެ، ކިޔަވާކުއްޖަކުވެސް ރަގަޅު ކާމިޔާބީއެއް ބޭނުންނަމަ އޭނާގެ ފިލާވަޅުތައް ދަސްކުރަންޖެހޭނެއެވެ. ބަރާބަރަށް ޤަވާޢިދުން މުތާލިޔާކުރަންޖެހޭނެއެވެ. ރަގަޅު ކާމިޔާބެއްބޭނުމޭކިޔާފައި ދެ އަތްއުރާލާއިގެން ހުރެ ރަގަޅު ކާމިޔާބެއްލިބޭނެތޯއެވެ؟ ނުލިބޭނެ އެހެންނޫންތޯއެވެ؟ ހަމަމިގޮތައް އަޅުގަނޑުމެން ތަރައްޤީ ބޭނުމޭކިޔައި ކިތަންމެ ވާހަކަތަކެއްދެއްކި ކަމުގައި ވީނަމަވެސް އެކަމަށް ޢަމަލީސިފައެއް ނާންނާނެއެވެ. އާދެ، ތަރައްޤީވެސްލިބޭނީ ތަރައްޤީގެ މަގުންހިގައިގެންކަން ކަށަވަރެވެ. އަޅުގަނޑުމެންނައް ތަރައްޤީގެ މަގުންހިގޭބާވައެވެ! ނުވަތަ އެމަގަށްވާސިލުވާން އެއްވެސް ވަރަކަށް މަސައްކަތްކުރެވޭބާވައެވެ! އަޅުގަނޑުމެންތަރައްޤީ ބޭނުންކަމުގައިވާނަމަ ކުރަންޖެހޭ ބައެއް ކަންތަކަށްބަލާލަމާ ހިގާށެވެ. އެންމެފުރަތަމަ ތަރައްޤީ ބޭނުންކަމުގައިވާނަމަ އަޅުގަނޑުމެންރިވެތި އަޚްލާޤަކުން ޒީނަތްތެރިވާން އެބަޖެހެއެވެ. ރިވެތި އަޚްލާޤުތައް މީހާގެ ކިބާގައި އަށަގަންނުވަން އެބަޖެހެއެވެ. އިސްލާމީރިވެތި އުސޫލުތައްދަސްކުރަން އެބަޖެހެއެވެ. ގޭތެރޭގެ ޢަދަބުތަކެވެ. މަގުމަތީގެ ޢަދަބުތަކެވެ. ކެއިންބުއިމުގެ ޢަދަބުތަކެވެ. އުނުފޭރާންލުމުގެ ޢަދަބުތަކެވެ. މުޢާމަލާތުކުރުމުގެ ޢަދަބުތަކެވެ. ވާހަކަދެއްކުމުގެ ޢަދަބުތަކެވެ. ﷲ ސުބުޙާނަހޫވަތަޢާލާގެ ހައްޤުތައް ފުރިހަމައަށް އަދާކުރަން އެބަޖެހެއެވެ މައިންބަފައިންނަށް ހެޔޮކޮށްހިތަންއެބަޖެހެއެވެ. ބޮޑެތިމީހުނަށް އިޙްތިރާމްކުރައް ދަސްކުރަންއެބަޖެހެއެވެ. ކުޑަކުދިންނަށް ރަހުމުކުރަން ދަސްކުރަންޖެހެއެވެ. ދެމަފިރީން އެކަކު އަނެއްކަކަށް އިޙްތިރާމުކޮށް ހައްޤުތަކާއި ވާޖިބުތައް އަދާކުރަން އެބަޖެހެއެވެ. އަވައްޓެރިންގެ ހައްޤުތަކާއި ވާޖިބުތައް އަދާކުރަންއެބަޖެހެއެވެ. މުސްލިމުން އެކަކު އަނެކެއްގެ ހައްޤުތަކާއި ވާޖިބުތައް ޢަދާކުރެވެންއެބަޖެހެއެވެ. ތިމާގެ އަމިއްލަ މަސްލަހަތައް ވުރެ އެހެންމީހުންގެ މަސްލަހަތައް އިސްކަންދޭން އެބަޖެހެއެވެ. މީ ފުރިހަމަ ތަރައްޤީއެއް ބޭބުންކަމުގައިވާނަމަ އެންމެފުރަތަމަ އިސްކަންދޭންޖެހޭކަންތަކެވެ. އަޅުގަނޑުމެންގެ ކިބާގައި މިސިފަތައް އެބަހުރިހެއްޔެވެ؟ ހުރިނަމަ ހުރީ ކޮންސިފައެއް ހެއްޔެވެ؟ ﷲ ސުބުޙާނަހޫވަތަޢާލާއަށް ކިޔަމަންވުމުގެ ބަދަލުގައިދަނީ ހަރާމްކޯރުވަމުންނެވެ. އަޅުގަނޑުމެން މައިންބަފައިންނަށް ދަނީ އަނިޔާވެރިވަމުންނެވެ. ބޮޑެތިމީހުނަށްއިޙްތިރާމް ކުރުމުގެ ބަދަލުގައި ކުރަމުންދަނީ ފުރައްސާރައެވެ. ކުޑަކުދިންނަށް ރަހުމުކުރުމުގެ ބަދަލުގައި ކުރަނީއަނިޔާއެވެ. އަބީންގެ ހައްޤުތައް ދިނުމުގެބަދަލުގައި ދަނީ އެބައިމީހުންގެ ހައްޤުތައް ނިގުޅައިގަންނަމުންނެވެ. އަވައްޓެރިންނަށް ދަނީޖެއްސުންކުރަމުން، މަލާމާތްކުރަމުންނެވެ. އެހެން މީސްތަކުންގެ ހައްޤުތައް އެބައިމީހުނަށްދިނުމުގެ ބަދަލުގައިދަނީ ލޫޓުވަމުންނެވެ. މީ ހަމައަޅުގަނޑުމެންގެ މިރަށުގެވެސްއާދައެވެ. ނިކަންއަމިއްލަނަފްސާއި ސުވާލުކޮށްލައްވަ ބަލާށެވެ. ތަރައްޤީބޭނުންވާކަމުގައިވާނަމަ ދެންއެންމެބޮޑު އިސްކަމެއްދޭންޖެހެނީ ތަޢްލީމަށެވެ. ތަޢުލީމުލިބިފައިވާމީހުންތަކެއް، ނުވަތަ ހިޔުމަންކެޕިޓަލްއެއް ނެތްކަމުގައިވާނަމަ އެތަނެއް ކުރިއަރާނޭ އެއްވެސްގޮތެއްނޯންނާނެއެވެ. ތަޢުލީމީގޮތުން ރަގަޅު މަސައްކަތައްހީވާގި ބަޔަކު އަޅުގަނޑުމެން އުފެއްދުމަކީ ކޮންމެހެންބޭނުންކަމެކެވެ. އަޅުގަނޑުމެންގެތެރޭގައި މިފަދަބަޔަކު އެބަތިބިހެއްޔެވެ؟ ނޫންނަމަ މިފަދަބަޔަކު އުފައްދަންއެއްވެސް ވަރެއްގެމަސައްކަތްތަކެއް ކުރެވޭބާވައެވެ؟ ނިކަން އަމިއްލަނަފުސާއި ސުވާލުކޮށްލައްވަބަލާށެވެ. އާދޭހެވެ! މިއަދު އަޅުގަނޑުމެންގެ ދަރީން ޖީސީ އޯލެވެލް ހަދާފަހުއްޓެއްކަމަކު ފުއްދާލެވޭކަށްނެތެވެ. ނުވަތަ ޖީސީ އޭލެވެލް އަށްކިޔެވުމަކުން ފަރުޖެއްސޭނެ ގޮތެއްނެތެވެ. އާދެ، ތަރައްޤީބޭނުންކަމުގައިވާނަމަ، އަޅުގަނޑުމެންގެ ދަރީންގެތެރެއިން މުޖުތަމަޢު ހަމައަކަށްއެޅުވޭފަދަ ޤާބިލު ދީނީޢިލްމުލިބިފައިތިބި ދަރީންތަކެއް ނެރެންއެބަޖެހެއެވެ. ވެރިކަންކުރުމަށް ޤާބިލުވެރީން އުފައްދަންއެބަޖެހެއެވެ. ސިއްޙީގޮތުން ރަގަޅުވެއްޓެއް ޤާއިމުކުރުމަށްއެދޭނަމަ މޮޅެތިޑޮކުޓަރުން ތަކެއްއުފައްދަންއެބަޖެހެއެވެ. އިޤްތިޞާދީ ގޮތުންރަގަޅު ފުދުންތެރިވެއްޓެއް ހޯދަންބޭނުންނަމަ މޮޅެތި އިޤްތިޞާދީމާހިރުން އުފައްދަންއެބަޖެހެއެވެ. އުމުރާނީ ގޮތުން އާ އުސްމިންތަކަކަށް ދަތުރުކުރަންބޭނުންނަމަ މޮޅެތި އިންޖިނޭރުންތަކެއް މުޖުތަމަޢުންނެރެންއެބަޖެހެއެވެ. މިހެންގޮސް ހުރިހާދާއިރާ އަކުންވެސް ކަމަށްއެކަށޭނަ ޤާބިލުދަރީންތަކެއް ނެރެންއެބަޖެހެއެވެ. މަތީގައި ދަންނަވާލި ސިފަތައްލިބިގެން މެނުވީ ހަޤީޤީތަރައްޤީއާ ހަމައަށް ވާޞިލުނުވެވޭނެއެވެ. އާދެ، އޭގެން އެންމެސިފައެއް އުނިވީކަމުގައި ވީނަމަވެސް ކުރާނެމާބޮޑު ފައިދާއެއްނޯންނާނެއެވެ. އާދެ، ކިތަންމެ މޮޅު ޑޮކުޓަރެއްކަމުގައިވީނަމަވެސް ބަލިމީހުނަށް އެއްވެސްރަހުމެއް އޯގާތެރިކަމެއް ނެތްކަމުގައިވާނަމަ ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އޭނާގެ އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަމުގައިވާނަމަ އެއްވެސް ފައިދާއެއް ކުރާނެހެއްޔެވެ؟ މުޖުތަމަޢުން އެފަދަމީހަކު ޤަބޫލުކުރާނޭ ހެއްޔެވެ؟ ޝައްކެއްނެތި އެގޭހަޤީޤަތަކީ އެފަދަމީހުންގެ ސަބަބުން ތަރައްޤީއަށް ހުރަސްއެޅުންނޫން ކަމެއްނުވުމެވެ. މީގެ މިސާލުތައް މިރަށުންވެސް ފެންނަން އެބަހުއްޓެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަޤީޤީ ތަރައްޤީއެއް ބޭނުންކަމުގައިވާނަމަ އެ ތަރައްޤީގެ މަގުންހިގަންޖެހޭނެއެވެ. އެއާއި ދިމާއިދިކޮޅަށްގޮސްގެން ވެއްޓޭނީ ޖަހާލަތުގެ އަޑިގަޑަކަށެވެ. އޭރުންދުވަހަކުވެސް އެ އަޑިގަޑުންސަލާމަތްވެވޭނޭ ތަނެއްނާންނާނެއެވެ. އޮފީސްތައް ބަންދުކުރުމަކުން ކުރާނޭ ފައިދާތަކެއްނޯންނާނެއެވެ. ސިއްޙީމަރުކަޒު ޙީޞާރުކުރުމަކުން ވަގުތީ ހިއްހަމަޖެހުމެއްފިޔަވާ އެހެންއެއްވެސް ފައިދާއެއްނުލިބޭނެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުން ޤާބިލުދަރީންތަކެއް ނެރެގެންމެނުވީ މިކަމެއްވާނޭގޮތެއްނެތެވެ. ވުމާއެކު، އެފަދަދަރީންތަކެއް އުފެއްދުމަށް އެންމެން އާ ޢަޒުމަކާއި ޖޯޝަކާއި އެކު މަސައްކަތްފަށަމާ ހިގާށެވެ. އޭރުން ކާމިޔާބުލިބޭނޭކަން ކަށަވަރެވެ.

AddThis Social Bookmark Button


 

Design by R.HULHUDHUFFAARU